މައްތާ 21:1 - ކިތާބުލް މުޤައްދަސާ1 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި ބެތުފާގޭ އަވަށުގައިވާ ޒައިތޫނި ފަރުބަދަމަތީގައި އެބޭކަލުން މަޑުކުރެއްވިއެވެ. އަދި ދެ އަސްޙާބީންނަށް အခန်းကိုကြည့်ပါ။ |
އެއަށް ފަހު އީސާގެފާނު ޒައިތޫނި ފަރުބަދަ މަތީގައި އިށީނދެ ވަޑައިގެން އިންނެވި ހިނދު އަސްޙާބީން އެކަހެރިވެ އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގައިދާނީ ކޮންއިރަކުތޯ؟ އަދި ކަލޭގެފާނު އެނބުރި ވަޑައިގަންނަވާ ހިނދުގައްޔާއި ދުނިޔެ ޤިޔާމަތް ވުމުގައި ފެނިގެންދާނެ އަލާމާތްތައް އަޅުގަނޑުމެންނަށް ބުނެދީފާނަންތޯ؟“
އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެ ހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.“
މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.