Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:7 - ކިތާބުލް މުޤައްދަސާ

7 އެބައިމީހުން އޭނާއަށް ޖަވާބު ދިން. ’⁠އެއްވެސް މީހަކު އަހަރެމެންނަށް މަސައްކަތެއް ނުދޭ.⁠‘ އެ ބިމުގެ ވެރިޔާ ބުނި. ’⁠ކަލޭމެން ވެސް އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:7
16 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ.


އެއަށް ފަހު ފަހެއް ޖެހި އިރު އަނެއްކާވެސް އޭނާ މާރުކޭޓަށް ދިޔަ. އަދި މިފަހަރު ވެސް އެއްވެސް ކަމެއް ނުކޮށް ބަޔަކު މީހުން ކޮއްޅަށް ތިބި ތަން އޭނާ ދުށް. އެމީހުންގެ ކައިރިން އޭނާ އެހި. ’⁠އެއްވެސް ކަމެއް ނުކޮށް ދުވާލު ހަތަރުދަމު ތިޔަ ތާނގައި ކޮއްޅަށް ތިޔަ ތިބީ ކީއްވެހޭ.⁠‘


ދުވަސް ނިމުމުން، މަސައްކަތްތެރިންގެ ތެރެއިން އިސްކޮށްހުރި މީހާއަށް މޭބިސްކަދުރު ދަނޑުގެ ވެރިޔާ ބުނި. ’⁠މަސައްކަތްކުރި އެންމެންނަށް ގޮވާ. އަދި އެމީހުންނަށް އުޖޫރަވެސް ދީ. ފަށާނީ އެންމެފަހުން އައި މީހާއިން ފެށިގެން އަދި ނިންމާނީ އެންމެ ފުރަތަމަ އައި މީހާއަށް.⁠‘


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އަހަރެމެން މި ދެ މީހުންނާ ދޭތެރޭ ކަން ކުރާނީ ފަހެ ކިހިނެއް ތަ؟ މުޅި ޖެރޫސަލަމުގެ އެންމެންނަށް ވެސް އެމީހުން އެދެއްކީ އަޖައިބު ވާ ފަދަ މުޢުޖިޒާތެއް ކަން ޔަޤީންވެ. އަހަރެމެންނަށް ވެސް އެކަން އެ ގޮތަށް ނުވެއެކޭ ބުނެވޭކަށް ނެތް.


ހަނދާންކުރާންވީ އެމީހަކު ކުރި ހެޔޮ ޢަމަލެއްގެ ޖަޒާ މާތްސާހިބާ ދެއްވާނެކަމެވެ. އެއީ މިނިވަނެއްކަމުގައި ވިޔަސް ނޫނީ އަޅު ނޯކަރަކު ކަމުގައި ވިޔަސް މެއެވެ.


މި ރިސާލަތަކީ އިސްވެ ދިޔަ ގަރުނުތަކާއި ދަރިފަސްކޮޅުތަކަށް ސިއްރު ކުރެވިފައިވާ ކަންތަކެއް ވެސް މެއެވެ. އެކަމަކު މިއަދު މިވަނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނަށް އެކަންތައް އެނގި ފާޅުވެފައެވެ.


މާތްރަސްކަލާނގެ ދުވަހަކު ވެސް ބޭއިންސާފުވެރިވެ ވޮޑިއެއް ނުގަންނަވައެވެ. އެކަލާނގެއަށްޓަކައި ކަލޭމެން ކުޅަ ކަންތަކާއި ދެއްކި ލޯތްބާއި މަސީޙީންނަށް ވީ އެހީއާއި މިހާރު ވެސް ވަމުންގެންދާ އެހީތަކުގެ މަތިން އެކަލާނގެ ހަނދުމަފުޅު ނައްތަވާ ނުލައްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ