Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:6 - ކިތާބުލް މުޤައްދަސާ

6 އެއަށް ފަހު ފަހެއް ޖެހި އިރު އަނެއްކާވެސް އޭނާ މާރުކޭޓަށް ދިޔަ. އަދި މިފަހަރު ވެސް އެއްވެސް ކަމެއް ނުކޮށް ބަޔަކު މީހުން ކޮއްޅަށް ތިބި ތަން އޭނާ ދުށް. އެމީހުންގެ ކައިރިން އޭނާ އެހި. ’⁠އެއްވެސް ކަމެއް ނުކޮށް ދުވާލު ހަތަރުދަމު ތިޔަ ތާނގައި ކޮއްޅަށް ތިޔަ ތިބީ ކީއްވެހޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:6
10 ပူးပေါင်းရင်းမြစ်များ  

ކަންނެތް މީހުންނަށް ގުގުރިދަމައި ނިދާލެވިދާނެއެވެ. އެކަމަކު ކަންނެތްކަމުން ލިބޭނީ ބަނޑުހައިކަމެވެ.


އެހެންކަމުން އެބައިމީހުން އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދިޔަ. ބިމުގެ ވެރިޔާ ބާރަޖެހި އިރު ދެން ތިނެއްޖެހި އިރު އަނެއްކާވެސް މާރުކޭޓަށް ދިޔަ. އަދި ކުރީފަހަރު ކަންތައް ކުރި ގޮތަށް މިފަހަރު ވެސް ކަންތައްކުރި.


އެބައިމީހުން އޭނާއަށް ޖަވާބު ދިން. ’⁠އެއްވެސް މީހަކު އަހަރެމެންނަށް މަސައްކަތެއް ނުދޭ.⁠‘ އެ ބިމުގެ ވެރިޔާ ބުނި. ’⁠ކަލޭމެން ވެސް އަހަރެންގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް ދޭ.⁠‘


ފަހެއްޖެހި ވަގުތު މަސައްކަތް ކުރުމަށް އައި މީހުން އެމީހުންގެ އުޖޫރަ ލިބިގަތުމަށް އައި. އަދި އެއިން ކޮންމެ މީހަކަށް އުޖޫރައިގެ ގޮތުގައި އެއް ދީނާރު ދިން.


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


(އެމީހުން މިހެން ބުނި ކަމަކީ އެއީ އަތެންސްގެ މީހުންނާއި އެ ރަށުގައި އުޅޭ ބޭރުމީހުން ވެސް އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ކުރާހިތްވާ ކަމަކީ އާ ކަންތައްތައް ހޯދާ ބެލުމެވެ.)


އޭރުން ކަލޭމެންނަކީ ރޫހާނީ ގޮތުން ކަންނެތް ބަޔަކަށް ނުވާނެއެވެ. އެއާ ޚިލާފަށް ކަލޭމެންގެ މިސާލު ޖެހޭނީ އެބައެއްގެ އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ދެމިތިބުމުގެ ސަބަބުން މާތްރަސްކަލާނގެ ވަޢުދުކުރެއްވި ތަރިކަ ލިބޭ މީހުންގެ މިސާލުންވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ