Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:34 - ކިތާބުލް މުޤައްދަސާ

34 ދެން އީސާގެފާނު އެމީހުންގެ މައްޗަށް ހަމްދަރުދީވެ ވަޑައިގެން އެކަލޭގެފާނު އެބައިމީހުންގެ ލޮލުގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެމީހުންގެ ލޮލަށް އަލިވެއްޖެއެވެ. ދެން އެ ދެމީހުން އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:34
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެއްގަމަށް ފައިބައިވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އިންތިޒާރުގައި މީސްތަކުން ތިބިތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަމާއި އެކަލޭގެފާނު ނުހަނު ހަމްދަރުދީވެ ވަޑައިގެން އެމީހުންގެ ބަލިތަކަށް ޝިފާދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ވިދާޅުވިއެވެ. ”⁠އަހަރެން މިބައިމީހުންނާއި މެދު ހަމްދަރުދީވަން. މިބައިމީހުން އަހަރެންނާއި އެކުގައި މިހާރު ތިން ދުވަސް ހޭދަ ކޮށްފި. މިމީހުންގެ އަތުގައި މިހާރު ކާނޭ އެއްޗެއް ވެސް ނެތް. އެހެންވެ އެމީހުން ބަނޑުހައި ވެފާއިވާ ޙާލުގައި ފޮނުވާލުމަކަށް އަހަރެން ނޭދެމު. އެމީހުން ގެއަށް ދާ މަގުމަތީ ފަހަރެއްގައި ހޭނެތިދާނެ.⁠“


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުމެންނަށް ފެނުން ދެއްވާ.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި ބެތުފާގޭ އަވަށުގައިވާ ޒައިތޫނި ފަރުބަދަމަތީގައި އެބޭކަލުން މަޑުކުރެއްވިއެވެ. އަދި ދެ އަސްޙާބީންނަށް


އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު އެ ދެމީހުންގެ ލޮލުގައި ބީއްސަވާލައްވައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އީމާންތެރިކަން އޮތް ގޮތެއްގެ މަތިން ތިޔަބައިމީހުންނާމެދު ކަންތައް ވެދާހުށި!⁠“


އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ.


ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި އެފިރިހެނާ އެއްފަރާތް ކުރައްވައި އެ ފިރިހެނާގެ ކަންފަތުގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލިފުޅު ލެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ އިނގިލިކޮޅަށް ކުޅު ޖައްސަވާ އެ ފިރިހެނާގެ ދުލުގައި އަތްޕުޅު ލެއްވިއެވެ.


ހަމަ އެވަގުތު އޭނާގެ ލޮލަށް އަލިވެއްޖެއެވެ. ދެން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރަމުން އީސާގެފާނުގެ އަރިހުގައި ހިނގައްޖެއެވެ. މިތަން ދުށް އެންމެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކުރިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ މިހާރު ތިކަންތައް ހުއްޓާލާ.⁠“ ދެން އީސާގެފާނު އެމީހާގެ ކަންފަތުގައި އަތްޕުޅު ބީއްސަވާ އޭނާގެ ކަންފަތް ރަނގަޅު ކުރެއްވިއެވެ.


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


ޚުލާސާގޮތެއްގައި ލިޔަމެވެ. ތިޔަބައިމީހުން އެއްވިސްނުމެއްގައި ތިބެ، އެކަކު އަނެކަކާ މެދު ހަމްދަރުދީވެ، އެކަކު އަނެކަކަށް ނިއަނެތިކަމާއި ހިތްތިރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ