33 އެބައިމީހުން ޖަވާބު ދެއްވިއެވެ. ”މާތްސާހިބާ. އަޅުގަނޑުމެންނަށް ފެނުން ދެއްވާ.“
އީސާގެފާނު ހުއްޓިވަޑައިގެންނެވިއެވެ. އަދި ލޯފަން ދެ މީހުންނަށް ވިދާޅުވިއެވެ. ”އަހަރެން ތިޔަބައިމީހުންނަށް ކޮށްދޭންވީ ކޮންކަމެއް؟“
ދެން އީސާގެފާނު އެމީހުންގެ މައްޗަށް ހަމްދަރުދީވެ ވަޑައިގެން އެކަލޭގެފާނު އެބައިމީހުންގެ ލޮލުގައި އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެމީހުންގެ ލޮލަށް އަލިވެއްޖެއެވެ. ދެން އެ ދެމީހުން އީސާގެފާނުގެ ފަހަތްޕުޅުން އެކަލޭގެފާނާއި އެކު ދިޔައެވެ.