Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:26 - ކިތާބުލް މުޤައްދަސާ

26 ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އަމަލުތައް ހުންނަން ޖެހޭނޭ ގޮތަކީ އެއީ ކަމުގައި ވެގެން ނުވާނެ. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރިކަމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ ޚާދިމަކަށް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:26
23 ပူးပေါင်းရင်းမြစ်များ  

އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ އިސް މީހަކަށް ވުމަށް އެދޭ މީހާ ވާންޖެހޭނީ އަނެކުންގެ އަޅަކަށް.


އެއަށް ފަހު އެބައިމީހުން އަހާނެ. ’⁠އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟⁠‘


ވަރަށް ގިނަ އަންހެނުން އީސާގެފާނާއެކު އެކަލޭގެފާނަށް އެހީތެރި ވުމަށް ޓަކައި ގަލީލީއިން އައެވެ. އެބައިމީހުން މި ހިނގާދިޔަ ކަންތައްތައް ބަލަން ތަންކޮޅެއް ދުރުގައި ތިއްބެވެ.


ނަމަވެސް ތިޔަބައިމީހުންގެ ތެރޭގައި އެކަން އޮތީ އެގޮތަކަށް ނޫން. ތިޔަބައިމީހުންގެ ތެރޭގައި މަތިވެރި މީހަކަށް ވުމަށް އެދޭނަމަ އޭނާއަށް ޖެހޭނީ އެހެންމީހުންގެ ޚާދިމަކަށް ވާން.


އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި މުޅި ޙަޔާތް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


އީސާގެފާނު އިށީނދެވަޑައިގެންނެވުމަށް ފަހު، އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން މަތިވެރިކަމަށް އެދޭ ނަމަ ފުރަތަމައިން ދެރަ ނިކަމެތި މީހަކަށްވެ އަނެކުންނަށް ޚިދުމަތްކުރާ ޚާދިމަކަށް ވެވޭތޯބަލާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.⁠“


ނަމަވެސް ކަލޭމެން އެފަދައިން ކަންނުކުރޭ. އޭގެބަދަލުގައި ކަލޭމެންގެ ތެރެއިން އެންމެ މަތީ މީހާ ވާންޖެހޭނީ އެންމެ ދަށް މީހާ ފަދައިން. އަދި ވެރިކަން ކުރާ މީހާ ވާންޖެހޭނީ ޚާދިމަކު ފަދައިން.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑަކީ މި ދުނިޔޭގެ ރަސްކަލެއް ނޫން. އެހެން ކަންހުރިނަމަ ބަނީއިސްރާއީލުގެ ވެރިން އަޅުގަނޑު ހައްޔަރު ކުރުމުން އަޅުގަނޑުގެ މީސްތަކުން އެމީހުންނާއި ދެކޮޅަށް ހަނގުރާމަ ކުރީސް. ނަމަވެސް އަޅުގަނޑުގެ ރަސްކަމަކީ މި ދުނިޔޭގެ ރަސްކަމެއް ނޫން.⁠“


އެ ރަށުގެ ސަލާމިސްއޭ ކިޔުނު އަވަށުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގައި ބަރުނައްބާސް އާއި ޝާއުލް މާތްރަސްކަލާނގެ ބަސްފުޅުތައް ކިޔާދީ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޔޫޙަންނާ މަރުކުސް ވެސް އެމީހުންނާއި އެކު އެމީހުންގެ އެހީތެރިއެއްގެ ގޮތުގައި މި މަސައްކަތުގައި އުޅުނެވެ.


އަލްމަސީޙު އަނބުރާ ވަޑައިގެންނެވުމުން މާތްރަސްކަލާނގެ އޭނާއަށް ރަޙުމަތް ލައްވާނެތެވެ. އަދި އޭނާ އެފޭސުސްގައި އަހަންނަށް އެހީތެރިވީ ވަރު ތިބާއަށް އެނގޭނެއެވެ.


ޙަޤީޤަތުގައި އަހަރެން ބޭނުންވަނީ އޭނާ އަހަރެންގެ ކައިރީގައި ބަހައްޓާށެވެ. ސަބަބަކީ އަހަރެން އިއްވަމުންމިދާ ހެޔޮޚަބަރުފުޅުގެ ސަބަބުން މި ގޮތަށް ހިލިހިލާ ޖެހިގެން ވީހިނދު ތިބާގެ ބަދަލުގައި އޭނާގެ އެހީތެރިކަން އަހަންނަށް ލިބިދޭތީވެއެވެ.


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.


ތިޔަބައިމީހުން ޒިންމާ އުފުލަމުން ދާ ފަރާތްތަކާއިމެދު ބާރު ހިންގުމަށް ނޭދޭށެވެ. ނަމަވެސް ރަނގަޅު މިސާލެއްގެ ގޮތުގައިވާށެވެ.


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި އަދި ގަތުލު ކުރެވިގެންވީ މީސްތަކުންގެ ލޭ އެ އަންހެނާ ބޮނިކޮށް އަހަރެން ދުށީމެވެ. ސަބަބަކީ އެބައިމީހުންނީ އީސާގެފާނާއި މެދު ހެކިވަނިވި މީހުން ކަމުގައި ވީތީއެވެ. އަހަރެންނަށް އެ އަންހެނާ ފެނުނު ހިނދު އަހަރެން މުޅިން ޙައިރާންވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ