Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:24 - ކިތާބުލް މުޤައްދަސާ

24 އަނެއް ދިހަ އަސްޙާބީންނަށް މިވާހަކަ އަޑު އިވުމުން އެ ދެބެއިން ދެކެ ވަރަށް ނުރުހުނުއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:24
13 ပူးပေါင်းရင်းမြစ်များ  

ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.⁠“


އެހެންވެ އީސާގެފާނު އެ އެންމެ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން ދުނިޔޭގެ ޤައުމުތަކުގައި މީސްތަކުންގެ ވެރިކަމަށް އަރާ މީހުން އެމީސްތަކުންގެ މައްޗަށް ގަދަބާރު ހިންގާނެ. އަދި އެމީހުންގެ އިސް ވެރިން ހިތުހުރިހާ ގޮތެއް އެމީސްތަކުންނާ މެދު ހަދާނެ.


އެބޭކަލުންގެ މިޢަމަލު އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު ކޯފާވެ ވަޑައިގަންނަވާ އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠އެ ތުއްތު ކުދިންތައް އަހަރެންގެ ކައިރިއަށް އައުން މަނާ ނުކުރޭ! އެ ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ! މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ މި ކުދިން ފަދަ މީސްތަކުންނަށް.


މިވާހަކަތައް އަނެއް ދިހަ އަސްޙާބީންނަށް އިވި ޔާމިޒާއި ޔޫޙަންނާ ދެކެ އެބައިމީހުން ވަރަށް ރުޅިއައެވެ.


މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ.


އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”⁠ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ