މައްތާ 20:23 - ކިތާބުލް މުޤައްދަސާ23 އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.“ အခန်းကိုကြည့်ပါ။ |
އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.