މައްތާ 20:22 - ކިތާބުލް މުޤައްދަސާ22 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އަހަރެން ބޮއި އުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟“ ޔާމީޒު އާއި ޔޫޙަންނާ ޖަވާބުގައި ދެންނެވިއެވެ. ”އާދެ. އަޅުގަނޑުމެންނަށް ބޮވޭނެ.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.“