މައްތާ 20:21 - ކިތާބުލް މުޤައްދަސާ21 އީސާގެފާނު އެކަނބުލޭގެ ކައިރީގައި އެއްސެވިއެވެ. ”ކަނބުލޭގެ ބޭނުންވަނީ ކޮންކަމެއް؟“ އެކަނބުލޭގެ އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއެދި ދަންނަވާ ކަމަކީ ކަލޭގެފާނުގެ ރަސްކަންފުޅު ގާއިމުވާ ހިނދު އަޅުގަނޑުގެ އެއްދަރިފުޅު ކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަދި އަނެއް ދަރިފުޅު ވާތްޕުޅު ފަރާތުގައި ބައިންދަވައި ދެއްވުން.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.
މީސްތަކުން އެކަލޭގެފާނުގެ މިބަސްފުޅުތައް އަޑުއަހަމުން ގެންދިޔަ ވަގުތު އެކަލޭގެފާނު އެމީހުންނަށް މާނަފުން ވާހަކައެއް ވެސް ވިދާޅުވެ ދެއްވިއެވެ. އެއީ އެކަލޭގެފާނު އޭރު ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފައެވެ. އަދި މީސްތަކުން ހީކުރަމުން ދިޔައީ މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވުމުގެ ވަގުތު ޖެހިއްޖެ ކަމުގައެވެ.