Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:2 - ކިތާބުލް މުޤައްދަސާ

2 ބިމުގެ ވެރިޔާ އެ މަސައްކަތްތެރިންނަށް ދުވަހުގެ އުޖޫރައަށް ދީނާރެއް ދިނުމަށް އެއްބަސްވި. އެއަށް ފަހު އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިން ފޮނުވި.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:2
24 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘


”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ.


ދެން މޭބިސްކަދުރު ދަނޑުގެ ވެރިޔާ މަސައްކަތްތެރިންގެ ތެރެއިން މީހަކަށް ޖަވާބު ދިން. ’⁠ރަޙުމަތްތެރިޔާ. އަހަރެން ތިޔަބައިމީހުންނަށް މަކަރެއް ނުހަދާން. އަހަރެން ތިޔަބައިމީހުންނަށް އަގު އަދާ ކުރީ އަހަރެމެން އެއްބަސްވި ގޮތުގެ މަތިން.


ގާތްގަނޑަކަށް ނުވައެއް ޖެހި އިރު އޭނާ މާރުކޭޓުގެ ސަރަހައްދަށް ދިޔަ. އަދި އެތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް ކޮއްޅަށް ތިބި މީހުންތަކެއް އޭނާއަށް ފެނުނު.


ފަހެއްޖެހި ވަގުތު މަސައްކަތް ކުރުމަށް އައި މީހުން އެމީހުންގެ އުޖޫރަ ލިބިގަތުމަށް އައި. އަދި އެއިން ކޮންމެ މީހަކަށް އުޖޫރައިގެ ގޮތުގައި އެއް ދީނާރު ދިން.


ޓެކްސް ދެއްކުމަށް ޓަކައި ތިޔަ ގެންގުޅޭ ފައިސާ ފޮތި އަހަރެންނަށް ދައްކަބަލަ.⁠“ އެބައިމީހުން އެކަލޭގެފާނަށް އެ ފައިސާ ފޮތި ދެއްކިއެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގިނަ ޢަދަދަކަށް ގޮވާން އެބަހުރި. ނަމަވެސް އެތަކެތި އެއްތަން ކުރުމަށް ޓަކައި ވަނީ ވަރަށް މަދު ބަޔަކު.


އީސާގެފާނަށް އެބައިމީހުންގެ މި މަކަރުވެރިކަން އެނގިވަޑައިގަންނަވާ ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ އަހަރެންނަށް ރޯމަނުންގެ ފައިސާ ފޮއްޗެއް ދައްކަބަލަ. އޭރުން އަހަރެން ކަލޭމެންނަށް ބުނެދޭނަން.⁠“


އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށް ވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން.


އަނެއް ދުވަހު އެގޭގެ ވެރި މީހާ އަތަށް ފައިސާ ދިނުމަށް ފަހު އޭނާ ބުނި. ’⁠މީނާ ބަލަހައްޓާ ދޭށޭ. އަދި މިއަށް ވުރެ ގިނަ ފައިސާ ޚަރަދުވީ ނަމަ އަހަރެން އެނބުރިދާ މަގު މަތީގައި ކަލެއަށް އެފައިސާ އަނބުރާ ދޭނަމޭ.⁠‘⁠“


”⁠ކަލޭމެން ޓެކްސް ދައްކަން ބޭނުންކުރާ ލާރި އަހަންނަށް ދައްކަބަލަ. މީގައި މި ވަނީ ކާކުގެ ތަސްވީރެއްތަ؟⁠“ އެމީހުން ބުނި. ”⁠ތިޔައީ ކައިސަރު ރަސްގެފާނުގެ ތަސްވީރުފުޅު.⁠“


ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!⁠“


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ކުޑަކުޑަ ޞަމޫއީލް ބޮޑުވެ ރޫފަ ޖެހިއްޖެއެވެ. މީސްތަކުންނާއި އަދި މާތްރަސްކަލާނގެ ރުހުން އޭނާ ހޯދިއެވެ.


ޢާލީގެ ބެލުމުގެ ދަށުން ޞަމޫއީލް މާތްރަސްކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދިޔަ ދުވަސްވަރު، މަދު ފަހަރަކު ނޫނީ ފާޅުވެ ވޮޑިގަތުމެއްގައި ވިޔަސް އަދި އެނޫން ގޮތެއްގައި ވިޔަސް މާތްރަސްކަލާނގެ މީސްތަކުންނާ ގުޅުމެއް ނުބާއްވައެވެ.


ޝީލޫހުގައި މާތްރަސްކަލާނގެ ޞަމޫއީލަށް ފެނިދެނިވެ ވޮޑިގެންނެވިއެވެ. އަދި އެކަލާނގެ ސީދާ ޞަމޫއީލަށް ބަސްފުޅު ވަޙީކުރައްވަމުން ގެންދެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ