މައްތާ 20:14 - ކިތާބުލް މުޤައްދަސާ14 ވީމާ ތިޔަބައިމީހުންގެ ފައިސާ ނަގައިގެން ދޭ. އެންމެފަހުން މަސައްކަތްކުރި މީހުންނަށް ވެސް އަހަރެން ބޭނުންވީ ތިޔަބައިމީހުންނާއި އެއްވަރަކަށް އުޖޫރަ ދިނުމަށް. အခန်းကိုကြည့်ပါ။ |
”ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.
ފަޤީރަކަށް ހޭދައެއް ކޮށްފިނަމަ، މުނާފިޤުން ފަދައިން އަމަލުނުކުރޭ. ދީނީ މަރުކަޒު ތަކުގައްޔާއި މަގުތަކުގެ ހަތަރުއަނގޮޅި ކަން މަތީގައި އެބައިމީހުން އަޑުގަދަކޮށް ތާޅަފިލި ފުމެ ހަދާ. އެއީ މީސްތަކުންނަށް އެބައިމީހުން ފެނި އެބައިމީހުންނަށް ހުޝާމަދު ކުރުވުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން. އެބައިމީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުން އެއްވެސް ޘަވާބެއް ނުލިބޭނެ.