Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 20:1 - ކިތާބުލް މުޤައްދަސާ

1 ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 20:1
22 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.


އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން.


އީސާގެފާނު އެހެން މާނަފުން ވާހަކަފުޅެއް ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ އަންހެނަކު މޮޑުނު ބޮޑު ފުށްގަނޑެއްގެ ތެރެއަށް ލީ ކުޑަ ކަމީރު ކޮޅެއް ފަދައިން. ކުޑަ ހިނދު ކޮޅަކަށް ފަހު މުޅި އެ ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރު ފޯރާނެ.⁠“


”⁠މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.


ބިމުގެ ވެރިޔާ އެ މަސައްކަތްތެރިންނަށް ދުވަހުގެ އުޖޫރައަށް ދީނާރެއް ދިނުމަށް އެއްބަސްވި. އެއަށް ފަހު އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިން ފޮނުވި.


”⁠މިކަމާއި މެދު ތިޔަބައިމީހުންގެ ވިސްނުން ހުރީ ކިހިނަކުން: ދެ ފިރިހެން ދަރިން ތިބި މީހަކު އޭނާގެ ދޮށީ ފިރިހެން ދަރިފުޅުގެ ކައިރިއަށް ގޮސް ބުނި. ’⁠ދަރިފުޅާއޭ މޭބިސްކަދުރު ދަނޑަށް ގޮސް މިއަދު މަސައްކަތް ކޮށްލައިދޭށޭ.⁠‘


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އެއީ ރަސްކަލަކު އޭނާގެ ފިރިހެން ދަރިފުޅަށް ތައްޔާރު ކޮށްދިން ކައިވެނީގެ ޖާފަތެއް ފަދަ.


”⁠ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ.


”⁠އެ ހިނދު މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. ދިހަ ބިކުރުވެރި އަންހެންކުދިން އެކުދިންގެ ތެޔޮބައްތިތައް ނަގާ އެ ބައްތިތައް ދިއްލައިގެން އަލަތު ކައިވެނިވާ ފިރިހެނާއާއި ބައްދަލުކުރަން ދިއުމަށް ނުކުތް.


”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. މީހަކު ދުރު ދަތުރަކަށް ދިއުމަށް ޓަކައި ތައްޔާރުވެ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗެއްގެ މައްޗަށް އޭނާގެ ތިން ޚާދިމުން ވެރިކުރުވި.


މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި!


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠އަސްލު މޭބިސްކަދުރު ވެލަކީ އަހަރެން. އެ ހައްދާ ބަލަހައްޓާ ފަރާތަކީ އަހަރެންގެ ބައްޕާފުޅު.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ