މައްތާ 2:9 - ކިތާބުލް މުޤައްދަސާ9-10 ނަކަތްތެރިން ރަސްގެފާނުގެ ވާހަކަ އެހުމަށް ފަހު އެބޭކަލުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެބޭކަލުންނަށް ފެނުނު ތަރި އިރުމަތީ ފަރާތުން އަރައިގެން އައިސް އެ ތުއްތު ކުއްޖާ އޮތްތަނާއި ހަމައަށް ހުއްޓިގެންވިއެވެ. އަދި އެ ތަރި އެބޭކަލުންނަށް ފެނުނު ހިނދު އެބޭކަލުން އުފަލުން ފުރިގެން ދިޔައެވެ. အခန်းကိုကြည့်ပါ။ |
މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.“
އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.