Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 2:3 - ކިތާބުލް މުޤައްދަސާ

3 ހެރޮދު ރަސްގެފާނަށާއި ޖެރޫސަލަމުގައި ތިބި އެހެނިހެން މީސްތަކުންނަށް މި ޚަބަރު އިވުމުން، މިކަމާ ހުރިހާ އެންމެން ނުހަނު ކަންބޮޑުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 2:3
14 ပူးပေါင်းရင်းမြစ်များ  

މީސްތަކުންގެ ކައިރިން އެ ބޭކަލުން އަހަމުން ގެންދެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ރަސްގެފާނު ކަމަށް ވުމަށް އުފަންވި ކުއްޖާ ކޮބައިތޯ؟ އެ ކުއްޖާ އުފަން ވުމުގެ ނިޝާނުގެ ގޮތުގައިވާ ތަރި އަހަރެމެން ދުށިން. އެ ތަރި އިރުމަތީ ފަރާތުން އަހަރެމެންނަށް ފެނުމުން އަހަރެމެން މިއައީ އެ ކުއްޖާއަށް އަޅުކަން ކުރުމަށް ޓަކައި.⁠“


ހެރޮދު ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެއްތަން ކުރުމަށް ފަހު، އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ކޮން ތަނެއްގައިކަން ބުނެދިނުމަށް އެބައިމީހުންގެ ކިބައިން އެދުނެވެ.


”⁠ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެން ވަނީ މާތް ރަސްކަލާނގެ ފޮނުއްވި ނަބީންތައް މަރާލާފައި. އަދި ރަސޫލުންތައް ރަޖަމުކޮށްފައި. ކުކުޅެއް އޭގެ ފިޔޮށްތައް ފިޔަގަނޑުގެ ދަށަށްލާ ރައްކާތެރިކަން ދޭ ފަދައިން ކަލޭމެން އެއްކޮށް ކަލޭމެންނަށް ޙިމާޔަތްތެރިކަން ދިނުމަށް އަހަރެން އުޅެފިން. ނަމަވެސް މިހާތަނަށް އެ ފުރުސަތު ކަލޭމެން ވަނީ އަހަރެންނަށް ނުދީފަ.


ހަނގުރާމައިގެ އަޑުފަށްގަނޑާއި އަދި ހަނގުރާމައިގެ ޚަބަރުތައް ތިޔަބައިމީހުންނަށް އަޑުއިވޭނެ. ނަމަވެސް އެކަންތަކާމެދު ކަންބޮޑުނުވޭ. އެއީ ކުރީކޮޅުގައި ހިނގަން ޖެހޭނެ ކަންތައްތައް. އެކަމަކު އެއީ ފަހުގެ ނިމުމުގެ ވަގުތު އައިސް ޖެހުމެއް ނޫން.


ކުއްލިއަކަށް އެބައިމީހުން ހަޅޭލަވަން ފެށިއެވެ. ”⁠އޭ މާތްރަސްކަލާނގެ ދަރިކަލުން، އަޅުގަނޑުމެންގެ ކިބައިން ކަލޭގެފާނު އެދިވަޑައިގަންނަވަނި ކޮންކަމެއް؟ މާތްކަލާނގެ ކަނޑައަޅުއްވާފައިވާ ވަގުތު ޖެހުމުގެ ކުރިން ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަޅުގަނޑުމެންނަށް ޢުޤޫބާތް ދެއްވުމަށްތޯ؟⁠“


އަދި ތިޔަބައިމީހުންނަށް ދުރާއި ގާތުން ހަނގުރާމަތަކުގެ އަޑުއިވޭނެ. ނަމަވެސް އެކަންތައްތަކާއިމެދު ބިރުވެތި ނުވާތި. މިފަދަ އެތައް ކަމެއް ހިނގަން ޖެހޭނެ. މިކަންތައް މިހެން ހިނގިއެއް ކަމަކު މިއަކީ އަދި އާޚިރު ނިމުމެއް ނޫން.


މިމީހުން އީސާގެފާނުގެ މަންދޫބުންގެ ބަސްތަކުގެ އަޑުއަހާ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ އެކަލޭގެފާނުގެ މަންދޫބުން މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގައިދީ މަރުވުމަށް ފަހު ވެސް އީސާގެފާނުގެ މަތިވެރި ބާރުފުޅުން މީސްތަކުން އަލުން ދިރޭނެ ކަމުގައި މި މަންދޫބުން ބުނަމުން ގެންދާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ