Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 2:23 - ކިތާބުލް މުޤައްދަސާ

23 އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”⁠އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 2:23
20 ပူးပေါင်းရင်းမြစ်များ  

މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.⁠“ (އެނަމުގެ މާނައަކީ ”⁠މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ⁠“ މިހެންނެވެ.)


އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”⁠މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.⁠“


އެއަށް ފަހު ޕަތަރަސް މައިދޮރާށި ކައިރީގައި ހުއްޓާ ނޯކަރު އަންހެންކުއްޖަކަށް އޭނާ ފާހަގަ ކުރެވިގެން އައިސް އެތަނުގައި ތިބި މީހުންގެ ކައިރީގައި ބުންޏެވެ. ”⁠މި މީހާ އަކީ ނާޒަރަތުގެ އީސާގެފާނާއި އެކު އުޅުނު މީހެއް.⁠“


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


މިއަށް ފަހު، ގަލީލީގެ ނާޒަރަތުން އީސާގެފާނު ޔަޙުޔާގެފާނުގެ އަރިހަށް ވަޑައިގަންނަވާ އަދި އުރުދުން ކޯރުގައި ޔަޙުޔާގެފާނުގެ އަރިހުން ތައުބާގެ ހިނެވުމުން ހިނައިވަޑައިގެންނެވިއެވެ.


އެލިޒަބަތު ބަލިވެއިންތާ ހަވަނަމަހުގައި މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތާ ޖިބުރީލުގެފާނު ވަޙީފުޅަކައިގެން ގަލީލީ ކަރައިގައި ވާ ނާޒަރަތޭ ކިޔުނު ރަށަށް ފޮނުއްވިއެވެ.


”⁠ނާޒަރަތު ރަށުގެ އީސާ މިހެން ލައިގެން ދަނީއޭ.⁠“


މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމްގެފާނާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތަށް އެނބުރި ދިޔައެވެ.


އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މީ އަހަރެން.⁠“ އެކަލޭގެފާނު މިހެން ވިދާޅުވިއިރު ޔުދާސް އެމީހުންނާއި އެކު ހުއްޓެވެ.


ދެން އަނެއްކާވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކާކު؟⁠“ އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެން މިހޯދަނީ ނާޒަރަތުގެ އީސާ.⁠“


އީސާގެފާނާއި މެދު ކުރެވުނު ދައުވާ ހާމަކޮށް ދިނުމުގެ ގޮތުން ސަލީބުގައި ބޯޑެއް ހަރުކޮށް އޭގައި ”⁠ނާޒަރަތުގެ އީސާ، ބަނީއިސްރާއީލުގެ ރަސްގެފާނު⁠“ މިހެން ލިޔުމަށް ޕިލާތުސް އެންގިއެވެ.


އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.


އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިމީހާ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ބަނީއިސްރާއީލު މީހުން ރޯމުގެ ސަރުކާރާއި ދެކޮޅު ކުރުވާ، މީސްތަކުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދަމުން ދާ މީހެއް. އަދި މީނާއަކީ ނަޞާރާދީނުގެ މީހުންގެ ވެރިޔާ ވެސްމެ.


”⁠ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ