Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 2:22 - ކިތާބުލް މުޤައްދަސާ

22 ނަމަވެސް ހެރޮދު މަރުވުމަށް ފަހު ޖުދެއާގެ މައްޗަށް ވެރިކަން ކުރަމުން ގެންދަނީ ހެރޮދުގެ ދަރިފުޅު އަރުކިލާއުސް ކަން އޭނާއަށް އެނގުމުން ޔޫސުފަށް ޖުދެއާގެ ސަރަހައްދަށް ދާކަން ނުކެރުނެވެ. ދެން ހުވަފެނެއްގައި ގަލީލީ ސަރަހައްދަށް ދިއުމަށް އޭނާއަށް އެންގެވުމުން އެތަނަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 2:22
18 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.


އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ހެރޮދު މަރުވުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިޞްރުގައި ޔޫސުފު ކުރިމައްޗަށް ހުވަފެނެއްގައި ފާޅުވެ ވަޑައިގެންނެވިއެވެ.


ދެން ޔޫސުފް ތެދުވެ އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް ދިޔައެވެ.


އެދުވަސްތަކުގައި އީސާގެފާނު ގަލީލީގެ ސަރަހައްދުން ޔަޙުޔާގެފާނުގެ އަރިހަށް އުރުދުން ކޯރަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ތައުބާގެ ހިނެވުމުން ހިނަވައިދެއްވުމަށް ޔަޙުޔާގެފާނުގެ އަރިހުން އެދިވަޑައިގަތެވެ.


މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމްގެފާނާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތަށް އެނބުރި ދިޔައެވެ.


އެމީހުން ބުންޏެވެ. ”⁠ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.⁠“


”⁠ކިހިނެއްތޯ އަޅުގަނޑު ތިޔަ ތަނަށް ދާނީ؟⁠“ ޞަމޫއީލްގެފާނު ދެންނެވިއެވެ. ”⁠ތިޔަ ޚަބަރު ލިބިއްޖެއްޔާ ޝާއުލްގެފާނު އަޅުގަނޑު މަރާލާނެ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ޅަ ގެރިއެއް ހިފައިގެން ދޭ. ގޮސް ބުނޭ މިއައީ މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ