މައްތާ 2:15 - ކިތާބުލް މުޤައްދަސާ15 އެއަށް ފަހު ހެރޮދު މަރުވަންދެން އެ ދެމައިކަނބަލުން އެރަށުގައި ތިއްބެވިއެވެ. މިކަން މިހެންވުމުން މާތްރަސްކަލާނގެ ރަސޫލާ މެދުވެރިކުރައްވައި އަންގަވާފައިވާ މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. އެކަލާނގެ އަންގަވާފައި ވަނީ މިހެންނެވެ. ”ތިމަންކަލާނގެ ދަރިކަލުން މިޞްރުން ނެރުއްވީމު.“ အခန်းကိုကြည့်ပါ။ |
މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.“ (އެނަމުގެ މާނައަކީ ”މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ“ މިހެންނެވެ.)
”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“