Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 2:14 - ކިތާބުލް މުޤައްދަސާ

14 ވީމާ ޔޫސުފު ތެދުވެ އެ ކުއްޖާ އާއި އެ ކުއްޖާގެ މައިކަމަނާ ގޮވައިގެން އެ ދަންވަރުގައި މިޞްރަށް ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 2:14
6 ပူးပေါင်းရင်းမြစ်များ  

ޔޫސުފުއަށް ހޭލެވުމުން މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވި ފަދައިން އޭނާ އަމަލު ކުރިއެވެ. އޭނާ މަރިޔަމްގެފާނާއި ކައިވެނި ކުރެއްވިއެވެ.


އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“


އެއަށް ފަހު ހެރޮދު މަރުވަންދެން އެ ދެމައިކަނބަލުން އެރަށުގައި ތިއްބެވިއެވެ. މިކަން މިހެންވުމުން މާތްރަސްކަލާނގެ ރަސޫލާ މެދުވެރިކުރައްވައި އަންގަވާފައިވާ މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. އެކަލާނގެ އަންގަވާފައި ވަނީ މިހެންނެވެ. ”⁠ތިމަންކަލާނގެ ދަރިކަލުން މިޞްރުން ނެރުއްވީމު.⁠“


އަސްޙާބީން އީސާގެފާނަށް ގޮވައި ހޭފުޅުލައްވައި އެކަލޭގެފާނަށް ދެންނެވި އެވެ. ”⁠ސާހިބާ، ސާހިބާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“ އީސާގެފާނު ތެދުވެ ވަޑައިގެން ޖެހެމުން ދިޔަ ގަދަ ވަޔަށާއި ބޮޑެތި ބިޔަ ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވި އެވެ. ހަމަ އެވަގުތު ވައިގަނޑު މަޑުވެ ރާޅުތައް ހިނދި ކަނޑު އިހު އޮތް ފަދައިން މަޑުވެއްޖެއެވެ.


ބަނީއިސްރާއީލު މީހުން އަޅުގަނޑު ބައިތުލް މަޤްދިސްގައި ވަނިކޮށް ހައްޔަރުކޮށް މަރާލަން އުޅުނީ މި ކަންތައްތަކުގެ ސަބަބުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ