މައްތާ 2:13 - ކިތާބުލް މުޤައްދަސާ13 އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.“ အခန်းကိုကြည့်ပါ။ |
އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
އެމީހުން ބުންޏެވެ. ”އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.“
އެ ރަސްގެފާނަކީ މަކަރުވެރި ހީލަތްތެރި ރަސްކަލަކު ކަމުގައިވި. އަދި އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނާއި މެދު ވަރަށް އަނިޔާވެރިކަމާއި އެކު ކަން ކުރަމުން ގެންދިޔަ. އެރަސްގެފާނު އަޅުގަނޑުމެންގެ މީސްތަކުންނަށް އެމީހުންނަށް ލިބޭ ދަރިން ހަމަވިހެއުމާއި އެކު ބޭރަށް އެއްލާލާ މަރުވުމަށް ދޫކޮށްލުމަށް ވެސް އަންގާ މަޖުބޫރު ކުރި.
ނަމަވެސް ބޮޑު ބާޒަކަށް ލިބިފައިވާ ފަދަ ދެފިޔަ އެ އެކަނބުލޭގެއަށް ވެސް ވަނީ ލިބިފައެވެ. ވީމާ، ސަހަރާގެ ތެރޭގައި އެކަނބުލޭގެއަށް ތައްޔާރު ކުރެވިފައިވާ ތަނަށް ދިއުމަށްޓަކައި އެކަނބުލޭގެއަށް އުދުހެވޭނެއެވެ. އަދި އެތަނުގައި އެކަނބުލޭގެއަށް އަޅާލުމާއި އަދި ޑްރޭގަންގެ ކިބައިން ތިން އަހަރު ބައި ވަންދެން ސަލާމަތްތެރިކަން ލިބިގެންވިއެވެ.