މައްތާ 19:8 - ކިތާބުލް މުޤައްދަސާ8 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މޫސާގެފާނު ތިޔަބައިމީހުންނަށް އަނބިމީހާ ވަރިކުރުމުގެ ހުއްދަ ދެއްވީ ތިޔަބައިމީހުންގެ ހުންނަ ހިތް ހަރުކަމާހެދި. އެކަމަކު އެންމެފުރަތަމައިން ވަރިކުރުން ހުއްދަ ކުރެވިގެންނުވޭ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ އަނބިމީހާ ވަރިކުރުމަށް ފަހު އަދި އެހެން އަންހެނަކާއި ކައިވެނި ކުރިނަމަ އެއީ ކުށެއް. ހަމައެހެންމެ އެމީހަކަށް އެ ޒިނޭއަށް އަރައިގަނެވެނީ ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަމައެކަނި ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ޖިންސީ ގުޅުން ހިންގައިފި ކަމުގައިވާނަމަ.“
އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.