މައްތާ 19:4 - ކިތާބުލް މުޤައްދަސާ4 އެމީހުންނަށް އެކަލޭގެފާނު ޖަވާބު ދިނެވެ. ”މި ކާއިނާތު ފުރަތަމަ އުފެއްދެވި ހިނދު މާތްރަސްކަލާނގެ އިންސާނުންގެ ގޮތުގައި ފިރިހެނަކާއި އަންހެނަކު އުފެއްދެވި ކަން ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާން ކުރައްވާފައިވާކަން ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ކިޔާފައި. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު ވިދާޅުވިއެވެ. ”ހަމަ ޔަޤީނުން ވެސް ތިޔަބައިމީހުން ވާނީ ފަތްފުށްތަކުގައި ބަޔާންވެގެންވާ ބަޔާން ކުރެއްވުން ކިޔާފަ. ’ރާނާ މީހުން ބަލައިނުގަނެ އެއްލާލި ގާ ބިންގަލުގެ އެންމެ މުހިންމު ގާ ކަމުގައި ވެއްޖޭ. މިއީ މާތްރަސްކަލާނގެ ކުރައްވާ ކަންކަމޭ. މިއީ ކޮންފަދަ ޙައިރާން ކުރުވަނިވި ކަމެއް ހޭ؟‘“
މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.‘