3 އީސާގެފާނު މަޅިއެއްގައި ޖެއްސުމުގެ އެދުމުގައި ބައެއް ފަރީސީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ފިރިމީހާ އޭނާ ބޭނުން އެއްވެސް ސަބަބަކާ ހުރެ އަނބިމީހާ ވަރިކުރުމަށް ހުއްދަ އޮވޭތޯ؟“
ފަރީސީންނާއި ސާދުސީންގެ ބަޔަކު އީސާގެފާނު ދަންތުރައެއްގައި ޖެއްސުމުގެ މަގުސަދުގައި އެކަލޭގެފާނުގެ އަރިހަށް އައިސް އެބައިމީހުންނަށް މުޢުޖިޒާތީ ޢަލާމާތެއް ދައްކަވައި ދެއްވުމަށް އެދުނެވެ.
ފަރީސީނުގެ ތެރޭގައި ތައުރާތުގެ އަމުރުފުޅުތަކަށް ވަރަށް ގާބިލު މީހަކު ވިއެވެ. އީސާގެފާނު އިމްތިޙާނު ކޮށްލެއްވުމުގެ ގޮތުން އޭނާ އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ.
ފަރީސީނުގެ ބަޔަކު ވެސް އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ އަޖުމަ ބެލުމުގެ ގޮތުން މި ސުވާލު ކުރިއެވެ. ”ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރުމަކީ ހުއްދަ ކަމެއްތަ؟“
އެއަށް ފަހު އެމީހުން އީސާގެފާނު ވިދާޅުވެލައްވާ ބަސްފުޅަކުން އެކަލޭގެފާނު މަޅީގައި ޖެއްސެވުމަށްޓަކައި އެކަލޭގެފާނުގެ އަރިހަށް ފަރީސީނުގެ ބަޔަކާއި ހެރޮދަށް ތާއީދުކުރާ ބަޔަކު ފޮނުވިއެވެ.
އީސާގެފާނަށް އެބައިމީހުންގެ މި މަކަރުވެރިކަން އެނގިވަޑައިގަންނަވާ ޖަވާބު ދެއްވިއެވެ. ”ކަލޭމެން އަހަރެން މަޅިއެއްގައި ޖެއްސުމަށް ތިޔަ މަސައްކަތް ކުރަނީ ކީއްވެ؟ އަހަރެންނަށް ރޯމަނުންގެ ފައިސާ ފޮއްޗެއް ދައްކަބަލަ. އޭރުން އަހަރެން ކަލޭމެންނަށް ބުނެދޭނަން.“
އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.
އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ. އެއީ ސާޅީސް އަހަރު ވަންދެން ތިމަންކަލާނގެ މުޢުޖިޒާތްތައް އެމީހުންނަށް ފެންނަމުން ދިޔަ އިރު ވެސް މެއެވެ.