މައްތާ 19:29 - ކިތާބުލް މުޤައްދަސާ29 ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ. အခန်းကိုကြည့်ပါ။ |
ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.“
”އަހަރެންގެ ކައިރިއަށް އަތުވެއްޖެ ކޮންމެ މީހަކުމެ އެމީހެއްގެ ބައްޕަ އާއި މަންމައަށާއި އަނބިމީހާއަށާއި ދަރިންނަށާއި ބޭބެއިންނާއި ދައްތައިންނަށާއި އަދި ކީއްކުރަން އެމީހެއްގެ އަމިއްލަ ފުރާނައަށް ލޯބިވާވަރަށް ވުރެ ވެސް ބޮޑަށް އަހަރެން ދެކެ ލޯބިނުވަނީ ނަމަ އެމީހަކަށް އަހަރެން އެންގި މަގުން ހިނގާ އަހަރެންގެ އަސްޙާބީއަކަށް ނުވެވޭނެ.
އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.