މައްތާ 19:27 - ކިތާބުލް މުޤައްދަސާ27 ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ. އަޅުގަނޑުމެން ކަލޭގެފާނާއި އެކުގައި ވުމަށް ޓަކައި އަޅުގަނޑުމެންގެ އަތުގައި ވާނަމަ ވީހައި ތަކެއްޗެއް ދޫކޮށްލީން. ވީމާ އަޅުގަނޑުމެންނަށް ލިބެން އޮތީ ކޮން އެއްޗެއްތޯ؟“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.
އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
އެ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް އެކަލޭގެފާނު ހިންގަވަމުން ގެންދެވި ހިނދު އަލްފައިއަސްގެ ފިރިހެންދަރި، ލާވީ އޭނާ ޓެކްސް ނަގަން އިންނަ ކޮށިގަނޑުގައި އިންދާ އެކަލޭގެފާނަށް ފެނިވަޑައި ގެންނެވިއެވެ. އަދި އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާ އެކު އާދޭ!“ އެ ހިނދު ލާވީ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.
އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.