މައްތާ 19:22 - ކިތާބުލް މުޤައްދަސާ22 އެ ޒުވާން ފިރިހެނާއަށް މިބަސްތައް އަޑު އިވުނު ހިނދު ނުހަނު ދެރަވިއެވެ. އަދި ހިތްދަތިކަމާއެކު އެތަނުން ދިޔައެވެ. ސަބަބަކީ އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެކެވެ. အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކަށް ދެ ވެރިޔަކަށް ޚިދުމަތެއް ނުކުރެވޭނެ. އެކަކު ދެކެ އޭނާ ނަފްރަތުކޮށް އަނެކަކު ދެކެ އޭނާ ލޯބިވާނެ. ނޫނީ އެކަކާއި މެދުގައި އޭނާ ފުރާނަދޭ ފަދައިން ޝައުގުވެރިކަން ހުންނާނެ. އަދި އަނެއް ވެރިޔާގެ އަގުވައްޓައިލާނެ. އެގޮތުން ތިޔަބައިމީހުންނަށް ވެސް ޚިދުމަތް ކުރެވޭނީ މުއްސަނދިކަމަށް ނުވަތަ މާތްރަސްކަލާނގެއަށް. މީގެ ތެރެއިން ކޮންމެވެސް އެއް ކަމަކަށް.“
ތިޔަބައިމީހުން ޔަޤީން ކުރާންވީ ޖިންސީ ފާފަވެރިކަމުގަ އާއި ނުތާހިރު ކަމުގައިވެ ނުވަތަ ދަހިވެތިކަމުގައިވާ އެއްވެސް ފަރާތަކަށް އަލްމަސީޙާއި އަދި މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިނުގަނެވޭނެ ކަމެވެ. އެހެނީ ދަހިވެތި މީހާއަކީ ޙަޤީޤަތުގައި ދުނިޔަވީ ކަންތައްތައްތަކާއި މެދުގައި އަޅުކަންކުރާ މީހާ ކަމުގައި ވުމެވެ.