19 މައިންބަފައިންނަށް ގަދަރު ކުރާތި. އަދި ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވާތި.“
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.
އެ ޒުވާނާ ދެންނެވިއެވެ. ”އަޅުގަނޑު ތިޔަ ހުރިހާ ކަމަކަށް ކިޔަމަންތެރިކަން މަތީގައިވަން. އޭގެ އިތުރުން އަޅުގަނޑު ކުރަންވީ ކޮންކަމެއްތޯ؟“
އަދި ދެވަނަ އަމުރުފުޅަކީ ފުރަތަމަ އަމުރުފުޅެކޭ ދާދި އެއްފަދަ އަމުރުފުޅެއް. އެއީ ތިބާގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ތިބާގެ އަވަށްޓެރިޔާ ދެކެ ލޯބިވުން.
”މިހެން ބުނާއަޑު ތިޔަބައިމީހުންނަށް ވެސް އިވިފައިވާނެ. ’ތިބާގެ އަވަށްޓެރިން ދެކެ ލޯބިވާށޭ އަދި ތިބާގެ ޢަދާވާތްތެރިން ދެކެ ނަފްރަތު ކުރާށޭ.‘
މިމީހާ ޖަވާބުގައި ބުންޏެވެ. ”އެފޮތްތަކުގައި ލިޔެވިގެން ވަނީ: ’އެއްކައުވަންތަ ކަލޭމެންގެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް ކަލޭގެ މުޅި ހިތާއި މުޅި ފުރާނައާއި ވާހާ ބާރަކާއި ހުރިހާ ބުއްދިންމެ ލޯބި ވާށޭ. އަދި ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބި ވާށޭ.‘“
އެ ހުރިހާ އަމުރުފުޅުތަކެއް އެންމެ އަމުރުފުޅަކުން ފުރިހަމަވެއެވެ. އެއީ ”ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭ ވެސް އަނެއްމީހާ ދެކެ ލޯބިވާށޭ“ މިއެވެ.
ހަމަ ޔަޤީނުން ވެސް މަތިވެރި އަމުރުފުޅަށް ކަލޭމެން ކިޔަމަންތެރިކަން އަދާކުރާ ކަމުގައިވާނަމަ ކަލޭމެން ވާނީ ޙައްޤުގެ މަގުގައެވެ. އެއީ މުޤައްދަސް ފަތްފުށްތައް ހާމަކޮށްދެއްވާފައިވާ ފަދައިންނެވެ. ”ކަލޭމެންގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭމެންގެ އަވަށްޓެރިޔާ ދެކެ ލޯބިވާށެވެ.“