15 ދެން އެ ކުދިންގެ ގައިގައި އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވުމަށް ފަހު އެތަނުން ވަޑައިގެންނެވިއެވެ.
ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ތުއްތު ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ. އެކުދިން އަހަރެންގެ ކައިރިއަށް އައުން މަނާނުކުރޭ. އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ ކުދިން ފަދައިންވާ މީހުންނަށް.“
އެ ހިނދު މީހަކު އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”އެދުރުކަލޭގެފާނު! ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށް ޓަކައި އަޅުގަނޑު ކުރަންވީ ހެޔޮކަމަކީ ކޮބައިތޯ؟“
ދެން އެކަލޭގެފާނު އެކުދިން އުރާލައްވާ އެކުދިންނަށް ރަޙުމަތް ލެއްވުމަށް އެދި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވައިލެއްވިއެވެ.
ތިބާ ތުއްތު އިރުންސުރެން މުޤައްދަސް ފަތްފުށްތައް ތިބާ ދިޔައީ އުނގެނެމުންނެވެ. އެތަކެތިން ތިބާއަށް އެނގިގެންވީ ޙިކުމަތާއި ދިންނެވުން ލިބިދެނީ އީސާ އަލްމަސީޙާއި މެދުގައި ވީ ފުރިހަމަ އިތުބާރަކުން ކަމުގައެވެ.