މައްތާ 19:14 - ކިތާބުލް މުޤައްދަސާ14 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”ތުއްތު ކުދިން އަހަރެންގެ ކައިރިއަށް އަޔަދީ. އެކުދިން އަހަރެންގެ ކައިރިއަށް އައުން މަނާނުކުރޭ. އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ލިބިގެން ވަނީ ކުދިން ފަދައިންވާ މީހުންނަށް.“ အခန်းကိုကြည့်ပါ။ |
އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.
”ކުޅަދުންވަންތަ މާތްރަސްކަލާނކޯ! މިއަޅާގެ ހިތާމަތަކަށް ބައްލަވާ ވޮޑިގަންނަވައި، މިއަޅާގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވައި، މިއަޅާއަށް ފިރިހެން ދަރިފުޅަކު ދެއްވާފާނދޭ! އޭރުން މިއަޅާ އެ ދަރިފުޅު އިނބަ ރަސްކަލާނގެއަށް ޚިދުމަތް ކުރުމަށްޓަކައި މުޅި އުމުރަށް ވެދުން ކުރާހުށީން! އަދި އޭނާގެ ބޮލުގެ އިސްތައްޓަކު ކުރަފަތް ވެސް ޖައްސައި ނުލާ ހުށީން!“