Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 19:12 - ކިތާބުލް މުޤައްދަސާ

12 ބައެއް ފިރިހެނުން ކައިވެނި ނުކޮށް ތިބުމުގައި ތަފާތު ސަބަބުތަކެއްވޭ. ބައެއް މީހުން އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރޭ. އަދި ހޯޖާ ކޮށްފައިވާ ބަޔަކު ވެސް އުޅޭ. ނަމަވެސް ބައެއް މީހުން އެބައިމީހުންގެ ޖިންސީ އެދުންތަކުން އެއްކިބާވެތިބެ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޓަކައި ޚިދުމަތް ކުރުމުގައި ދެމިތިބޭ. މިފަދައިން އަމަލު ކުރުމުގެ ގާބިލުކަން ހުރި މީހަކުނަމަ މިގޮތުގައި ދެމި ތިބޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 19:12
8 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތި ބުނާގޮތަށް ހުރިހާ އެންމެންނަކަށް ކަންތަކެއް ނުކުރެއްވޭނެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވޭނޭ ބައެއްމީހުން މާތްރަސްކަލާނގެ ލެއްވެވި.


ބައެއްމީހުން އެމީހުންގެ ތުއްތު ކުދިން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެއީ އެކުދިންގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލައްވާ އެކުދިންގެ މައްޗަށް ދުޢާ ކުރެއްވުމަށް ޓަކައެވެ. އީސާގެފާނުގެ އަސްޙާބީން އެބައިމީހުންނަށް އެ ގޮތަށް ކަންތައްތައް ނުކުރުމަށް އެންގިއެވެ.


އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ