Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 19:10 - ކިތާބުލް މުޤައްދަސާ

10 އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނޭ ހަމައެކަނި ސަބަބަކީ އެއީ ކަމުގައި ވާނަމަ އެންމެ ރަނގަޅު ގޮތަކީ މީހަކާއި ކައިވެނި ނުކުރުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 19:10
15 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ފިރިހެނާ އެކަނިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ އާއި އެކަށޭނަ ބައިވެރިއަކު ތިމަންކަލާނގެ އުފައްދަވާނަން.⁠“


އަނތްބެއް ލިބޭ މީހާއަށް ޚަޒާނާއެއް ލިބިއްޖެއެވެ. އެއީ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތެކެވެ.


އަނގަހުއްޓާނުލާ ޒުވާބުކޮށް ޝަކުވާ ކުރާ އަންހެނަކާ އެކު އުޅުމަށް ވުރެން ހަނަފަސް ސަހަރާގެ ތެރޭގައި އެކަނި އުޅުން ވެސް މާރަނގަޅެވެ.


ޒީލަގަދަ އަންހެނަކާ އެކު ރީތި ގެއެއްގައި އުޅުމަށް ވުރެން ފުރާޅުމަތީގައި އެކަނި އިންނަން ވެސް މާ ހިތަށް ފަސޭހައެވެ.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތި ބުނާގޮތަށް ހުރިހާ އެންމެންނަކަށް ކަންތަކެއް ނުކުރެއްވޭނެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވޭނޭ ބައެއްމީހުން މާތްރަސްކަލާނގެ ލެއްވެވި.


ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހާގެ އަނބިމީހާ ވަރިކުރުމަށް ފަހު އަދި އެހެން އަންހެނަކާއި ކައިވެނި ކުރިނަމަ އެއީ ކުށެއް. ހަމައެހެންމެ އެމީހަކަށް އެ ޒިނޭއަށް އަރައިގަނެވެނީ ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން. ހަމައެކަނި ފިރިހެނާއަށް އޭނާގެ އަނބިމީހާ ވަރިކުރެވޭނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކާއި ޖިންސީ ގުޅުން ހިންގައިފި ކަމުގައިވާނަމަ.⁠“


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ