6 އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.
ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.“
”ސަމާލުވެ އަޑުއަހާ! މިއިން ކުޑަކުއްޖަކަށް ނިކަމެތިކޮށް ނުހިތާތި. މިކުދިންގެ މަލާއިކަތުން އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ހުރިހާ އިރެއްގައިވެސް ތިބޭނެ.
މިގޮތުގެ މަތީން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ވެސް މީހުންގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގެއްލިގެން ދިއުމަކަށް އެދިވޮޑިއެއް ނުގަންނަވާނެ.“
އަދި އަހަރެންގެ ނަމުގައި މިފަދަ ކުޑަކުދިން ބަލައިގެންފި ކޮންމެ މީހަކީ އަހަރެން ވެސް ބަލައިގަތް މީހެއްކަމުގައި ވާނެ.
”އެއް ވެސް މީހަކު މިފަދަ ކުޑަކުދިންގެ ހިތުގައި އަހަރެންގެ މައްޗަށް އީމާންތެރިކަން ދޫކޮށްލުމަށް އެކުއްޖަކަށް ނުފޫޒު ފޯރުވައިފިނަމަ އެމީހަކު ގެއްލެނި ކުރައްވާނެ. މިފަދަ މީހުންގެ ކަރުގައި ކަޅުހިލަ ދައެއް އެއްސުމަށް ފަހު ކަނޑު ފެއްތިއަސް އެއަށް ވުރެން ރަނގަޅުވާނެ.
ޝާއުލް ބުންޏެވެ. ”ސާހިބާ ތިޔައީ ކޮން ބޭކަލެއް؟“ ދެން އޭނާއަށް މިހެން ބުނެވުނު އަޑު އިވުނެވެ. ”މިއީ ކަލޭ އަނިޔާ ދިނުމަށް ތިޔަ އުޅޭ އީސާގެފާނު.