މައްތާ 18:35 - ކިތާބުލް މުޤައްދަސާ35 ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.“ အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.“
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.