34 އެރަސްގެފާނު މިކަމާއި ވަރަށް ބޮޑަށް ރުޅިއައިސް ޚާދިމު ކަލޭގެ އޭނާއަށް ދަރާފައިވާ ދަރަނި އަދާކުރަންދެން އޭނާއަށް އަނިޔާދިނުމަށް ޖަލުގައި ހައްޔަރު ކުރި.
ނަމަވެސް ފުރަތަމަ ޚާދިމު ކެތްތެރި ވުމަށް އިންކާރު ކުރި. އަދި އޭނާއަށް މި ޚާދިމު ދައްކަންޖެހޭ ފައިސާ ދައްކައި ނިމަންދެން އެ ޚާދިމު ޖަލުގައި ހައްޔަރުކުރުވި.
އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟‘
ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.“
އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.