33 އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟‘
އެއަށް ފަހު އެރަސްގެފާނު އެ ޚާދިމުއަށް އަންގައިގެން ގެނެސް އޭނާއަށް ބުނި. ’ނުބައި ނުލަފާ ނޯކަރުކަލޭގެ! ކަލޭ ދަރާފައިވާ ދަރަނީގެ މަތިން ހަނދާން ނައްތާލުމަށް ކަލޭ އަހަރެންގެ ކުރިމަތީގައި ރޮއި އާދޭސް ކުރީމުނޫންހޭ. ކަލޭ އަހަރެންނަށް އަދާ ކުރަންޖެހޭ އެއްވެސް ފައިސާއެއް ނުވާނެ ކަމުގައި އަހަރެން ބުނީމު.
އެރަސްގެފާނު މިކަމާއި ވަރަށް ބޮޑަށް ރުޅިއައިސް ޚާދިމު ކަލޭގެ އޭނާއަށް ދަރާފައިވާ ދަރަނި އަދާކުރަންދެން އޭނާއަށް އަނިޔާދިނުމަށް ޖަލުގައި ހައްޔަރު ކުރި.
މާތްރަސްކަލާނގެ ބަރަކާތް ހުރީ ރަޙުމް ކުރާ މީހުންނަށް. އެހެނީ އެފަދަމީހުންނަށް އެކަލާނގެ ރަޙުމަތްލައްވާނެ.
އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!
އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.
އަނެކާއާމެދު ކުރާނެ ޝަކުވާއެއް އޮވެއްޖެނަމަ އެކަން ބަރުދާސްތުކޮށް މަޢާފު ކުރާށެވެ. މާތްކަލާނގެ ތިޔަބައިމީހުންނަށް ވެސް މަޢާފުކޮށްދެއްވި ފަދައިން އެކަކުއަނެކާއަށް ތިޔަބައިމީހުން ވެސް މަޢާފު ކުރާށެވެ.