Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 18:31 - ކިތާބުލް މުޤައްދަސާ

31 އެހެނިހެން ޚާދިމުންނަށް މި ހިނގާދިޔަ ޙާދިސާ ފެނި ނުހަނު ދެރަވި. އެހެންކަމުން އެބައިމީހުން ގޮސް އެރަސްގެފާނަށް ހިނގާދިޔަ ޙާދިސާގެ ޚަބަރުދިން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 18:31
16 ပူးပေါင်းရင်းမြစ်များ  

މި ބަޔާންކުރަނީ ޔަޢުޤޫބުގެފާނުގެ އާއިލާގެ ތެރޭގައި ހިނގާދިޔަ ޙާދިސާތަކެވެ. ޔޫސުފުގެފާނުގެ އުމުރުފުޅުން ސަތާރަ އަހަރުގައި އެކަލޭގެފާނުގެ އެއްބަފާ އަޚުންނާއި އެކުގައި ހުއިހެއްޕެވުމުގެ މަސައްކަތްޕުޅު ކުރެއްވުމުގައި އުޅުއްވިއެވެ. އެއީ އެކަލޭގެފާނުގެ ބަފައިކަލުން ދެ ޖާރިޔާއިން ކަމުގައިވާ ބިލްހާ އާއި ޒިލްފާއާ ކައިވެނި ބައްލަވައިގަތުމަށް ފަހު ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ބޭބެމެން ކަންތައްތައް ކުރަމުން ގެންދާ ބައެއް ގޯސްކަންތަކުގެ ވާހަކަ ބަފައިކަލުންގެ އަރިހުގައި ދަންނަވައެވެ.


މިކަމާއި ހެރޮދު ރަސްގެފާނު ދެރަވިއެވެ. އެކަމަކު އޭނާ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކުރި ހުވައެއް ފުއްދަން ޖެހޭތީ އެ އަންހެންކުއްޖާ އެދުނުފަދައިން ކަންތައް ކޮށްދިނުމަށް އޭނާ އަމުރު ކުރިއެވެ.


އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’⁠ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!⁠‘


ނަމަވެސް ފުރަތަމަ ޚާދިމު ކެތްތެރި ވުމަށް އިންކާރު ކުރި. އަދި އޭނާއަށް މި ޚާދިމު ދައްކަންޖެހޭ ފައިސާ ދައްކައި ނިމަންދެން އެ ޚާދިމު ޖަލުގައި ހައްޔަރުކުރުވި.


އެއަށް ފަހު އެރަސްގެފާނު އެ ޚާދިމުއަށް އަންގައިގެން ގެނެސް އޭނާއަށް ބުނި. ’⁠ނުބައި ނުލަފާ ނޯކަރުކަލޭގެ! ކަލޭ ދަރާފައިވާ ދަރަނީގެ މަތިން ހަނދާން ނައްތާލުމަށް ކަލޭ އަހަރެންގެ ކުރިމަތީގައި ރޮއި އާދޭސް ކުރީމުނޫންހޭ. ކަލޭ އަހަރެންނަށް އަދާ ކުރަންޖެހޭ އެއްވެސް ފައިސާއެއް ނުވާނެ ކަމުގައި އަހަރެން ބުނީމު.


އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


އޭނާގެ ނޯކަރު މީހާ އައިސް މި ވާހަކަތައް ބުނުމުން ވެރިމީހާ މިކަމާއި ވަރަށް ބޮޑަށް ރުޅި އައި. ދެން އޭނާގެ ނޯކަރުންނަށް ބުނި. ’⁠އަވަހަށް ދާށޭ. މަގު މައްޗަށާއި ރަށުގެ ކުދި ގޯޅިތަކަށް ގޮސް ފަޤީރުންނާއި، ކޮރު މީހުންނާއި، ލޯއަނދިރި މީހުންނާ، ވާ މީހުންނާއި ގެންނާށޭ.⁠‘


އީސާގެފާނު ޖެރޫސަލަމާއި އަރާ ހަމަ ވެ އެރަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު އެރަށާއި މެދު ހިތާމަ ކުރައްވާ ކީރިތި ކުރެއްވިއެވެ.


ކަލޭމެންގެ އިސްވެރިންނަށް ކިޔަމަންވެ އެމީހުން އަންގަވާ ގޮތަކަށް ކަންތައް ކުރާށެވެ. އެމީހުންނަކީ ކަލޭމެންގެ ރޫޙާނީކަންތައް ބަލަހައްޓަވަމުން ގެންދަވާ މީހުންނެވެ. އެމީހުން ކުރި ކަންތަކާ މެދު މާތްރަސްކަލާނގެ ކުރައްވާ ސުވާލުތަކަށް އެމީހުން ޖަވާބުދާރީ ވާން ޖެހޭނެއެވެ. އެހެންކަމުން އެމީހުންނަށް ކަލޭމެންގެ ފަރާތުން ހިތްދަތިކަން ނުދޭށެވެ. އެމީހުން ރުއްސާށެވެ. އެހެންނޫނީ އެމީހުންނަކަށް ކަލޭމެންނާ މެދަކު އެހީތެރިއެއް ނުވެވޭނެއެވެ.


އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ