28 އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!‘
ފަގީރުންނަށް ދެރަގޮތް ހަދާ ފަގީރު މީހާ ގޮވާން ގަސްތަކުގެ މައްޗަށް ބަރުކޮށް ވެހޭ ވާރޭ ފަދައެވެ.
ދެން ރަސްގެފާނު އޭނާއާމެދު ހަމްދަރުދީވެ އެ ދަރަނި ކަނޑާލައި އޭނާ ދޫކޮށްލެވި.
މި ޚާދިމު އޭނާގެ ފައިމައްޗަށް ވެއްޓި އާދޭސް ކުރަންފެށި. ’އަހަރެންނާއި މެދު ކެތްތެރިވޭ، އަދި އަހަރެން ތިބާއަށް ދަރާފައިވާ ދަރަނި އަދާކޮށްދޭނަން!‘
ބިމުގެ ވެރިޔާ އެ މަސައްކަތްތެރިންނަށް ދުވަހުގެ އުޖޫރައަށް ދީނާރެއް ދިނުމަށް އެއްބަސްވި. އެއަށް ފަހު އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުމަށް މަސައްކަތްތެރިން ފޮނުވި.
ތިން ސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ. އަދި އެފައިސާ ފަގީރުންނަށް ދެވޭނެ!“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.
އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން، އެމީހުންނަށް ކާނޭ ކޮންމެވެސް އެއްޗެއް ދީ!“ އެބޭކަލުން ދެންނެވިއެވެ. ”ކަލޭގެފާނު ތިޔަ އެދިލައްވަނީ އެބައިމީހުންގެ ކެއުމަށް ރޮއްޓާއި އެހެނިހެން ތަކެތި ގަތުމަށް އަޅުގަނޑުމެން ގޮސް ދުއިސައްތަ ރިހި ލާރި ޚަރަދު ކުރެއްވުމަށްތޯ؟“
އަނެއް ދުވަހު އެގޭގެ ވެރި މީހާ އަތަށް ފައިސާ ދިނުމަށް ފަހު އޭނާ ބުނި. ’މީނާ ބަލަހައްޓާ ދޭށޭ. އަދި މިއަށް ވުރެ ގިނަ ފައިސާ ޚަރަދުވީ ނަމަ އަހަރެން އެނބުރިދާ މަގު މަތީގައި ކަލެއަށް އެފައިސާ އަނބުރާ ދޭނަމޭ.‘“
ދެން އީސާގެފާނު ވިދާޅުވިއެވެ. ”ލޯނު ދޫކުރާ މީހަކަށް ދަރާފައިވާ ދެމީހަކު ވި. އެކަކު އޭނާއަށް ދަރައިފައި ވަނީ ފަސް ސަތޭކަ ދީނާރަށް، އަނެކަކު ފަންސާސް ދީނާރަށް.
ފިލިޕު ދެންނެވިއެވެ. ”މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.“