މައްތާ 18:20 - ކިތާބުލް މުޤައްދަސާ20 އެހެނީ އަހަރެންގެ ނަމުގައި ދެމީހަކު ނުވަތަ ތިން މީހަކު އެއްތަން ވެއްޖެނަމަ، އެބަޔަކާއި އެކުގައި އެއްތަނެއްގައި އަހަރެން ވާނަން.“ အခန်းကိုကြည့်ပါ။ |
ތިމަންކަލާނގެއަށް ޤުރުބާނީ ކުރަން ހަދާ އަށި ހަދަން ވާނީ ބިމުގެ ވެލިންނޭ. ކަލޭމެން ތިމަންކަލާނގެއަށްޓަކައި ކުރާ އެންދުމުގެ ޤުރުބާނީތަކާއި ގުޅުންބަދަހި ކުރުމަށްޓަކައި ކަންބަޅި ބަކަރި އަދި ގެރިތައް ކަތިލައި ކުރާ ޤުރުބާނީތައް ކުރަން ވާނީ އެތަނުގައޭ. ތިމަންކަލާނގެއަށް އަޅުކަންކުރާނެ މަޤާމުތައް ތިމަންކަލާނގެ ދައްކަވާނަމޭ. އެތަނުގައި ކަލޭމެން އަށި ހަދައިގެން ޤުރުބާނީ ކުރާށޭ. އޭރުން ތިމަންކަލާނގެ ކަލޭމެންގެ ގާތަށް ވޮޑިގެން ކަލޭމެންނަށް ބަރަކާތްލައްވައި ދެއްވާނަމޭ.
ޕައުލް އާއި ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައިވާ ހުރިހާ އެންމެންނަށް ލިޔެ ތަހުނިޔާ ފޮނުވަމެވެ. ތިޔަބައިމީހުންނީ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙަށް މިލްކުވެފައިވާ ބަޔަކީމުއެވެ. ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާށިއެވެ.
ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.