2 އީސާގެފާނު ކުޑަ ކުއްޖަކަށް ގޮވާގެންނެވުމަށް ފަހު، އެކުއްޖާ އެމީހުންގެ ތެރޭގައި ބެހެއްޓިއެވެ.
އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެންމެ މަތިވެރިވެގެން ވަނީ ކާކުތޯ؟“
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން ބަދަލުވެ މިފަދައިން ކުޑަ ކުއްޖަކަށްވޭ. އެހެން ނޫނީ ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅަކަށް ނުވަދެވޭނެ.