Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 18:14 - ކިތާބުލް މުޤައްދަސާ

14 މިގޮތުގެ މަތީން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު ވެސް މީހުންގެ ތެރެއިން އެންމެ ކުއްޖަކު ވެސް ގެއްލިގެން ދިއުމަކަށް އެދިވޮޑިއެއް ނުގަންނަވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 18:14
19 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. ގެއްލިފައިނުވާ ނުވަދިހަ ނުވަ ކަންބަޅިއަށް ވުރެ ގެއްލިފައިވާ ކަންބަޅި ފެނުމުން އޭނާ ވާ އުފާ މާ ބޮޑު ވާނެ.


”⁠ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި.


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


އެތަކެތީގެ ފަހަތުން ދަހިވެތިވެ ދުވަނީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން. ތިޔަބައިމީހުންނަށް އެ ހުރިހާ ތަކެއްޗެއް ބޭނުންވާ ކަން ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެންވޭ.


ވީމާ ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މިފަދައިން ދުޢާ ދަންނަވާ: ’⁠އުޑުގައި ވޮޑިގެންވާ އަޅަމެންގެ ބައްޕާފުޅާ! އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ޤަދަރު ކުރުމަށް އަޅަމެންނަށް އެހީތެރިވެ ވޮޑިގަންނަވާ ފާނދޭވެ!


މަގޭ ލޮބުވެތި އެކުވެރިންނޭ. ބިރުނުގަނޭ. އެއީ ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު އެކަލާނގެ ރަސްކަންފުޅު ކަލޭމެންނަށް ދެއްވުމަށް ވަނީ ވަރަށް ބޮޑަށް ރުހިވޮޑިގެންފަ.


އަޅުގަނޑު އެމީހުންގެ މެދުގައި ހުރި އިރު އިނބަރަސްކަލާނގެ ނަންފުޅުގެ ބާރުފުޅުގައި އަޅުގަނޑު އެމީހުންނަށް ރައްކާތެރިކަން ދިނިން. އެ ނަންފުޅަކީ އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ނަންފުޅު. ގެއްލި ދިއުމަށް މިންވަރުގައި ވީ މީހާ ނޫން އެންމެން އަޅުގަނޑު ރައްކާތެރި ކޮށް ދިނިން. ގެއްލިދިޔަ މީހާ އެ ގެއްލުނީ ލިޔެވިގެންވީ ގޮތަށް ކަންތައްވެ ނިމި ދިއުމަށް.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟⁠“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!⁠“


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


ކަލޭމެން ތެދުމަގުގައި ހިނގައިގަންނާށެވެ. އޭރުން ކޮރުޖަހަމުން ހިނގާ މީހާއަކީ ނުކުޅެދޭ މީހަކަށް ނުވާނެއެވެ. އެއާ ޚިލާފަށް އޭނާގެ ފައި ވާނީ ފަސޭހައެވެ.


މާތްރަސްކަލާނގެއީ އެކަލާނގެ ވަޢުދުފުޅު ފުރިހަމަ ކުރައްވައި އެނބުރި ވަޑައިގެންނެވުމަށް ޙަޤީޤަތުގައި ވެސް ލަސްވެގެންވާ ފަރާތެއް ނޫނެވެ. ބައެއްފަރާތްތަކަށް އެކަން ލަސްވެގެންވާކަމުގައި ވިސްނިފައި އޮތަސްމެއެވެ. އެކަލާނގެ ތިޔަބައިމީހުންނާމެދު ކެތްތެރިވެ ވޮޑިގެންވެއެވެ. އަދި އެއްވެސް ފަރާތެއް ގެއްލެނި ކުރެއްވުމަކަށް އެދިވޮޑި ނުގަންނަވަމެވެ. އެއީ އެކަލާނގެ ހުރިހާ އެންމެންނަށް މުއްދަތު ދެއްވައި ތައުބާވުމަށް އެދިވޮޑިގަންނަވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ