Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 17:9 - ކިތާބުލް މުޤައްދަސާ

9 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 17:9
16 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.


އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ގަލީލީގައި ވީހިނދު އެކަލޭގެފާނު އަސްޙާބީންނަށް އެއްދުވަހަކު ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މީސްތަކުންގެ އަތްމައްޗަށް ދޫކޮށްލެވޭނެ.


އެމީހުން އޭނާ މަރާލާނެ. އަދި އޭގެ ތިންވަނަ ދުވަހު އޭނާ އަލުން ދިރިގެން ތެދުވާނެ.⁠“ މިބަސްފުޅުގެ އަޑުއަހާ އެކަލޭގެފާނުގެ އަސްޙާބީންގެ ހިތްތައް ވަނީ ހިތާމައިން ފުރިފައެވެ.


އެބޭކަލުން ލޯ ހުޅުވައި ބަލައިލި ހިނދު އެތަނުގައި ވަނީ އީސާގެފާނު އެކަންޏެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މީސްތަކުންނަށް މި ވާހަކަ ބުނެނުދިނުމަށް އިންޒާރުކޮށް އަމުރުކުރެއްވިއެވެ.


މިތަންދެކެ އެކުއްޖާގެ މައިންބަފައިން ހައިރާންވެ އަޖައިބުވިއެވެ. ނަމަވެސް މިކަންތަކުގެ ވާހަކަ އެއްވެސް މީހަކު ކައިރީ ނުބުނުމަށް އީސާގެފާނު އެމީހުންނަށް އަމުރުކުރެއްވިއެވެ.


އެއަޑުފުޅު އިވުމުން އެމީހުން ބެލިއިރު އެތާނގައި ހުންނެވީ އީސާގެފާނު އެކަންޏެވެ. އެމީހުންނަށް އަނގައިން ބަހެއް ވެސް ނުބުނެވުނެވެ. އަދި ދުވަސްކޮޅެއް ވަންދެން އެމީހުންނަށް އެފެނިދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކު ގާތުގައި ނުވެސް ބުނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ