މައްތާ 17:5 - ކިތާބުލް މުޤައްދަސާ5 ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!“ အခန်းကိုကြည့်ပါ။ |
އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.“
މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.
އެއަށް ފަހު، އަހަރެން ބަލައިލީމެވެ. އަދި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ ވިލާގަނޑެއް ވަނިކޮށް އަހަރެން ދުށީމެވެ. އަދި އެ ހުދު ކުލައިގެ ވިލާގަނޑުގައި އިށީނދެ ވަޑައިގެން އިންނެވީ އިންސާނާގެ ދަރިކަލުން ހެން ހީވާ މީހެކެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ރަނުގެ ތާޖެއް ވިއެވެ. އަދި ވަރަށް ތޫނު ބަޅުވަޅިއެއް އެކަލޭގެފާނުގެ އަތްޕުޅުގައި އޮތެވެ.