Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 17:4 - ކިތާބުލް މުޤައްދަސާ

4 އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަން ވަރަށް ރަނގަޅު! ކަލޭގެފާނު އެދިވަޑައިގަންނަވަނީނަމަ، ތިން ހިޔާ އަޅުގަނޑު ހަދައިދީފާނަން. އެއީ ކަލޭގެފާނަށް ހިޔަލެއް، މޫސާގެފާނަށް ހިޔަލެއް އަދި އިލްޔާސްގެފާނަށް ހިޔަލެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 17:4
16 ပူးပေါင်းရင်းမြစ်များ  

ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެބައިމީހުންގެ ކުރިމައްޗަށް ފައުޅުވެވަޑައިގެން އީސާގެފާނާއި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ.


މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟⁠“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.


ބައްޕާފުޅާ! އަޅުގަނޑުގެ އެދުމަކީ ބައްޕާފުޅު އަޅުގަނޑަށް ދެއްވި ހުރިހާ އެންމެން އަޅުގަނޑާއި އެކު އަޅުގަނޑު ވާ ތަނެއްގައި ވުން. އޭރުން އިނބަރަސްކަލާނގެ އަޅުގަނޑަށް ދެއްވި ޖަލާލަތުކަން އެމީހުންނަށް ފެންނާނެ. އެއީ މި ދުނިޔެ އުފެއްދެވުމުގެ ކުރީގައި ވެސް އިނބަރަސްކަލާނގެ އަޅުގަނޑު ދެކެ ލޯބިވެ ވޮޑިގެން ވީ ކަމަށްޓަކައި.


އޭރު ބަނީއިސްރާއީލު މީހުންގެ ހިޔާވަހި ހަދާ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ.


އަހަރެން މި ދަނީ ދެ އެދެމުގެ ދެމެދުގައި ވީދެމުންނެވެ. ބައެއްފަހަރު ދިރިހުރުމަށް އެދެވޭ ހިނދު އަނެއްބައި ފަހަރު ނިޔާވެ ދިއުމަށް ފަހު އަލްމަސީޙާއިއެކުގައި ވުމަށް އެދެވެއެވެ. އެއީ އަހަރެންނަށް އެންމެ ރަނގަޅު ގޮތްކަމުގައި ބެލެވެއެވެ.


އިޚުލާސްތެރި ރަޙުމަތްތެރިންނޭވެ! މިހާރު އަހަރެމެންނީ މާތްރަސްކަލާނގެ ދަރިންނެވެ. ފަހުން އަލްމަސީޙު މި ދުނިޔެއަށް އެނބުރި ވަޑައިގަންނަވާ ހިނދު އަހަރެމެން ދެން ވާނީ ކޮންފަދަ ބަޔަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. ނަމަވެސް ޔަޤީންކަމާއެކު އަހަރެމެންނަށް އެނގެނީ އަލްމަސީޙު އެނބުރި މި ދުނިޔެއަށް ވަޑައިގެންނެވުމުން އަހަރެމެން އެކަލޭގެފާނާ އެއްގޮތް ވާނޭ ކަމެވެ. ސަބަބަކީ އަހަރެމެންނަށް އެކަލޭގެފާނުގެ އަސްލު ޒާތުފުޅު އޭރުން ސާފުކޮށް ފެންނާނެތީއެވެ.


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ