މައްތާ 17:3 - ކިތާބުލް މުޤައްދަސާ3 ކުއްލިއަކަށް މޫސާގެފާނާއި އިލްޔާސްގެފާނު އެބައިމީހުންގެ ކުރިމައްޗަށް ފައުޅުވެވަޑައިގެން އީސާގެފާނާއި ވާހަކަފުޅު ދައްކަވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“
”މޫސާގެފާނު އެންގެވި ދީނީ ގަވާއިދުތަކާ އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ފޮނުއްވުނު މާތްރަސްކަލާނގެ ބަސްފުޅުތައް ފާޅުކުރެވުނީ ޔަޙުޔާގެފާނާއި ޖެހެންދެން. ޔަޙުޔާގެފާނަށް ފަހު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅު އެ ވަޙީ ކުރެއްވިފައި ވީ ފަދައިން ފެތުރެމުން ދޭ. އެތައް ބަޔަކު ވެސް އެކަލާނގެ ރަސްކަންފުޅާއި ބެހޭ މިޚަބަރުތައް ޖޯޝާ އެކު ކަނުލާ ފަރުވާތެރިވެ އަޑުއަހަމުން އެބަގެންދޭ.
މޫސާގެފާނާއި އިލްޔާސްގެފާނު އެނބުރި ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”ސާހިބާ. އަޅުގަނޑުމެން މިތާނގައި މި ވަގުތު ވީކަން ރަނގަޅު. ތިޔަބޭކަލުންނަށް ހިޔާވާނޭ ތިން ތަން ހަދައިދެން ތޯ؟ ކަލޭގެފާނަށް އެއްތަން، މޫސާގެފާނަށް އެއްތަން އިލްޔާސްގެފާނަށް އެއްތަން ހަދައިދެން ތޯ؟“ ޕަތަރަސްއަށް އޭނާ މިބުނި އެއްޗެއްގެ މާނައެއް ވެސް ނުވިސްނުނެވެ.