Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 17:27 - ކިތާބުލް މުޤައްދަސާ

27 ނަމަވެސް ޓެކްސް ނަގާ މީހުންނަށް އަހަރެމެން އުނދަގޫ ކޮށްގެންނުވާނެ. ވީމާ ތިބާ ދޮއްޓެއް ހިފައިގެން ގޮސް މޫދަށް އެއްލާ. ފުރަތަމަ ހިފޭ މަހުގެ އަނގަ ހުޅުވާއިރު އޭގައި ބޮޑު ރިހިފައިސާ ފޮއްޗެއް އޮންނާނެ. އަދި އެ ފޮތި ނަގައިގެން ޓެކްސް ނަގާ މީހާއަށް އަހަރެންނާއި ތިބާގެ ނަމުގައި ދީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 17:27
27 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠މޭވާ އަޅައި ގިނަގުނަވެ ދުނިޔެ ފުރާލާ! އަދި ދުނިޔެ މައްޗަށް ގަދަވެގަނޭ! ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިތަކާއި އަދި އެހެން ވެސް ދުނިޔޭގައި ހަރަކާތްކުރާ ހުރިހާ އެއްޗެއްގެ މައްޗަށް ވެރިކަން ހިންގާ!⁠“


އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.


އެ ހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.


ޕަތަރަސް ޖަވާބު ދިނެވެ. ”⁠ޓެކްސް ނަގާނީ އެހެނިހެން މީހުންގެ އަތުން.⁠“ އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”⁠އެހެންވީއިރު، ރަސްރަސްކަލުންގެ ދަރިން ޓެކްސް ދައްކާކަށް ނުޖެހޭނެ.


އެކަމަކު އެއްވެސް މީހަކު އަހަރެންނަށް އީމާންވާ މިފަދަ ކުއްޖަކު ލައްވާ ފާފަކުރުވައިފިނަމަ އެމީހެއްގެ ކަރުގައި އުޑިއެއް ބަނދެގެން ފުންކަނޑަށް ގަންބާލުންވެސް އެމީހަކަށް މާރަނގަޅުވާނެ.


ތިބާގެ އަތް ނުވަތަ ފައި ފާފަކުރުވާ ކަމުގައިވާނަމަ އެ ގުނަވަނެއް ކަނޑައި އެއްލާލާ. އެއީ ތިބާގެ ދެ އަތާއި ދެ ފައި ހުރެ އަބަދަށް ޓަކައިވާ އަލިފާނުގެ ތެރެއަށް އެއްލާލެވުމަށް ވުރެން ތިބާގެ ޖިސްމުން ބައެއް އުނިވެގެންވާ ޙާލުގައި އަބަދަށް ޓަކައި ދިރިހުރުން މާއެދެވޭ.


ވީއިރު ތިބާއަށް އެ ފާފަ ކުރުވަން މެދުވެރިވީ ތިބާގެ ކަނާތު ލޯ ނަމަ އެ ލޯ ނަގައި އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކަޔަށް ހުށަހެޅި ދިއުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.


ތިބާގެ ކަނާތުން ފާފައަށް އަރައިގެންފިނަމަ، އެ އަތް ބުރިކޮށް އެއްލައިލާ. އެހެނީ ތިބާގެ މުޅި ހަށިގަނޑު ނަރަކައިގައި ވުމަށް ވުރެން މިދުނިޔޭގައި ތިބާގެ ހަށިގަނޑުން ބައެއް އުނިކޮށް ހުރުން ވެސް މާރަނގަޅު.⁠“


”⁠އެއް ވެސް މީހަކު މިފަދަ ކުޑަކުދިންގެ ހިތުގައި އަހަރެންގެ މައްޗަށް އީމާންތެރިކަން ދޫކޮށްލުމަށް އެކުއްޖަކަށް ނުފޫޒު ފޯރުވައިފިނަމަ އެމީހަކު ގެއްލެނި ކުރައްވާނެ. މިފަދަ މީހުންގެ ކަރުގައި ކަޅުހިލަ ދައެއް އެއްސުމަށް ފަހު ކަނޑު ފެއްތިއަސް އެއަށް ވުރެން ރަނގަޅުވާނެ.


އެހެންވީމާ، ތިބާގެ އަތަކުން ފާފަތަކަށް އަރައިގެންފިނަމަ އެ އަތެއް ކަނޑާލާ. އެއީ ދެއަތް ލިބިގެންވާ ޙާލުގައި ނިމުންނުވާ އަލިފާނުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އެއް އަތް ހުރެމެ ނުކުޅެދިގެންވާ ޙާލުގައި ވެސް ނިމުންނުވާ ދިރިހުރުން ލިބުން މޮޅުއިތުރު ވެގެންވާތީ.


މިނިކަމެތި މީހުންނަށް ފާފަކުރުމަށް ޖެއްސުމަށް ވުރެ އެމީހާ ކަރުގައި ކަޅުހިލަ ދައެއް ބަނދެފަ ކަނޑަށް އެއްލާލެވުނު ނަމަވެސް އެއަށް ވުރެ މާ ރަނގަޅު ވާނެ.


އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ