Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 17:20 - ކިތާބުލް މުޤައްދަސާ

20-21 އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’⁠ތިޔަ ހުރި ތަނުން ލުހިގެން ދާށޭ⁠‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 17:20
19 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން.


އީސާގެފާނު ޕަތަރަސް އަށް ވިދާޅުވިއެވެ. ”⁠އާދޭ!⁠“ އެވަގުތު ޕަތަރަސް ދޯނިން ފައިބައި ފެންމަތީގައި ހިނގާފައި އީސާގެފާނުގެ އަރިހަށް ދިއުމަށް ހިނގައިގަތެވެ.


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.⁠“


މިއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެކަނިވީ ވަގުތު އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އަމުރުކުރުމުން އެ ކުއްޖާގެ ހަށިގަނޑުން ޖިންނި ބޭރުކޮށްނުލެވުނީ ކީއްވެގެންތޯ؟⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“


އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުން އީމާންތެރިކަންމަތީ އަދި ޝައްކެއްނެތި ވާނަމަ އަހަރެން މި ވައްތީނި ގަހަށް މި ކުރިކަންތައް ތިޔަބައިމީހުންނަށް ވެސް ކުރެވިދާނެ. އަދި މިތަނުގައި ހުރި ފަރުބަދައަށް ’⁠މިތަނުން ލުހިގެން ކަނޑަށް ދާށޭ⁠‘ ތިޔަބައިމީހުން ބުންޏަސް، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ އަށް އީމާންތެރިވޭ.


އަހަރެން ބުނަންތަ؟ ތިޔަބައިމީހުން މި ފަރުބަދައަށް ’⁠އޭގެ އަމިއްލަ ޒާތުގައި މުލުންލުހިގެންގޮސް ކަނޑަށް ވެއްޓިބަލާށޭ.⁠‘ ބުނެވިދާނެ. އެމީހެއްގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި އެމީހާ ބުނާ ބުނުމާއި އެއްފަދައިން ކަންތައްވާނެ ކަމުގެ އީމާންތެރިކަން އެމީހާގެ ހުންނަން ޖެހޭނެ. އެހެން ކަމުގައިވާނަމަ މާތްރަސްކަލާނގެ އެމީހަކަށްޓަކައި އެފަދަ ކަންތައްތައް ކޮށްދެއްވާނެ.


މާތްރަސްކަލާނގެ ރަސްކަންފުޅާ މެދު ބުނެވޭނީ އެއީ ކުޑަކުޑަ ރެވި އޮށެއްފަދަ އިން ހިނގާކަމެއްކަމުގަ. މި އޮށަކީ ގޮވާން ކުރުމަށްޓަކައި ބިމުގައި އިންދޭ އެންމެ ކުޑަ އޮށް ނަމަވެސް އެއިން ގަސްފަޅައި ބަގީޗާގައި ހެދޭ ގަސްގަހާގެއްސަށް ވުރެން ބޮޑުވޭ. އަދި ދޫނިތައް އައިސް އެސޮރުމެންގެ ހާލިތައް މި ގަހުގެ ގޮފިތަކުގެ ހިޔަލުގައި ހަދާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަށް ކުޅަދާނަވެގެން ވާނަމައޭ ތިބާ ތިޔަ ބުނީ ކީއްވެ؟ އީމާންތެރިކަމުގައިވާ މީހަކަށް ކޮންމެ ކަމެއް ވެސް ކުޅަދާނަ ވެގެންވާނެ.⁠“


ފަހެ ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ކަންތައްތައް.⁠“


އީސާގެފާނު އެމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠ރެވި އޮށެއް ހާ މިންވަރުގެ އީމާންކަން ކަލޭމެންގެ ކިބައިގައި ވާ ނަމަވެސް މި ތޫތު ގަހަށް މުލުން ލުހިގެން ގޮސް ކަނޑުގައި އިންދޭށޭ ބުންޏަސް އެގަސް ކަލޭމެންގެ އަމުރަށް ކިޔަމަން ވާނެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އިންސާނުންނަށް ނުވާ ވަރުގެ ކަންތައްތަކަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުޅަދުންވަންތަ ކަންތައްތައް.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގާތު ނުބުނަންތަ؟ ކަލޭ ވެސް އީމާންވެ ގަބޫލުކޮށްފިއްޔާ ކަލެއަށް ވެސް މާތްރަސްކަލާނގެ ޖަލާލުވަންތަކަން ފެންނާނެޔޭ.⁠“


އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ