16 އަޅުގަނޑު ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އޭނާ ދައްކައިފިން. ނަމަވެސް އެބޭކަލުންނަށް އޭނާގެ ބަލި ރަނގަޅުކޮށެއް ނުދެވުނު.“
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! ކަލޭމެން ދިރިއުޅެމުން ގެންދަނީ ނުހަނު ނުބައި ގޮތަށް. ކަލޭމެންގެ ކައިރީގައި ކެތްކޮށްގެން އަހަރެން ހުންނާނީ ކިހާ ދުވަހެއް ވަންދެން؟ އެ ފިރިހެން ކުއްޖާ މިތަނަށް ގެނޭ.“
އަޅުގަނޑު އޭނާ ރަނގަޅު ކޮށްދިނުމަށް އެދި ކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އާދޭސް ކުރީން. ނަމަވެސް އެމީހުންނަކަށް ވެސް އެކަމެއް ނުވި.“
މިމީހާ ރަނގަޅުވެފައި އެވަނީ އޭނާ އީސާގެފާނުގެ ނަންފުޅަށް އީމާންވުމުގެ ސަބަބުން. މިމީހާ އަކީ ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ވިހޭސުރެން ދެ ފައި ވާވެފައިވީ ނުހިނގޭ މީހެއް. އޭނާގެ ފައިގައި ވަރުޖެހި އޭނާ ރަނގަޅު އެވީ ކަލޭމެން އެންމެންގެ ކުރިމަތީގަ.