މައްތާ 17:13 - ކިތާބުލް މުޤައްދަސާ13 ދެން އެކަލޭގެފާނު އެވިދާޅުވީ ޔަޙުޔާގެފާނުގެ ވާހަކަފުޅު ކަން އެކަލޭގެފާނުގެ އަސްޙާބީންނަށް އެނގުނެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.“
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ.