މައްތާ 17:12 - ކިތާބުލް މުޤައްދަސާ12 އަހަރެން ބުނަންތަ؟ އިލްޔާސްގެފާނު ވަޑައިގަންނަވައިފި. އެކަމަކު އެކަލޭގެފާނަކީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނު. އެމީހުން އެކަލޭގެފާނާއި މެދު އަމަލުކުރީ އެމީހުން ހިތަށްއެރި ގޮތަކަށް. އިންސާނާގެ ދަރިކަލުންނާއި މެދު ވެސް ކަންތައްތައް ކުރެވިގެންދާނީ ހަމަ އެފަދައިން. ހަމަ އެމީހުން އިންސާނާގެ ދަރިކަލުންނަށް އުނދަގޫތަކާއި ވޭން ތަހައްމަލު ކުރަން ޖައްސާނެ.“ အခန်းကိုကြည့်ပါ။ |
އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.“
ޔަޙުޔާގެފާނު ތިޔަބައިމީހުންގެ ކައިރިއަށް ވަޑައިގެން ދާންވީ ހެޔޮމަގު ދައްކަވައި ދެއްވި. ތިޔަބައިމީހުން އެކަލޭގެފާނަށް އީމާން ނުވި. ނަމަވެސް ނުޙައްޤުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން އެކަލޭގެފާނަށް އީމާންވި. އަދި އެބައިމީހުން އަމަލުކުރި ގޮތް ތިޔަބައިމީހުންނަށް ފެނުމުން ވެސް ތިޔަބައިމީހުންގެ ފާފަވެރިކަން ދޫކޮށްލައި އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހެދި.“
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.
ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.