10 އެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”ދީނުގެ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟“
އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ.
އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”ބައެއްމީހުން ކަލޭގެފާނީ ޔަޙުޔާގެފާނު ކަމުގައި ބުނޭ. އަނެއް ބައިމީހުން އިލްޔާސްގެފާނު ކަމުގައި ބުނޭ. އަދި އަނެއް ބައިމީހުން ކަލޭގެފާނީ އިރްމިޔާ ކަމުގައި ނޫނީ ކޮންމެވެސް އެހެން ނަބީބޭކަލެއް ކަމުގައި ބުނެ އުޅޭ.“
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި އެބައިމީހުން އެބުނަނީ ރަނގަޅަށް. އެހެނީ އެކަލޭގެފާނު ވަޑައިގެން އެންމެހާ ކަންތައްތައް އަނބުރާ ހަމައަކަށް އަޅުއްވާނެތެވެ.
އަދި އެބޭކަލުން އެކަލޭގެފާނަށް ދެންނެވިއެވެ. ”ދީނީ ދަންނަބޭކަލުން އިލްޔާސްގެފާނު ފުރަތަމަ ވަޑައިގަންނަވާނެކަމަށް އެ ވިދާޅުވަނީ ކީއްވެތޯ؟“
ދެން އެމީހުން ބުންޏެވެ. ”އެހެންވީއިރު ކަލޭގެފާނު ތީ ކޮންބޭކަލެއްތޯ؟ ތިޔައީ ނަބީ އިލްޔާސްގެފާނު ތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އަހަރެން މިއީ އިލްޔާސްގެފާނެއް ވެސް ނޫން.“ ”ވީއިރު ތިޔައީ ފޮނުއްވޭނެ ޚާއްސަ ރަސޫލާތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އެހެންނެއް ވެސް ނޫން.“